ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް
ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ހުޅުވައިފި އެވެ. "ނެޝަނަލް ސެންޓަ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ގެ ޚިދުމަތް އިއްޔެ އިފްތިތާހުކޮށް ދެއްވީ ދަރުމަވަންތަ މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އޭނަ ވިދާޅުވީ މި ސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލައްތަކާއެކު ސިކުނޑި އާއި މައިބަދައިގެ އޮޕްރޭޝަންތައް ކުރެވި މުޅި ރާއްޖެ ގުޅާލެވޭ ވުއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާލިބޭނެ…















