މާލޭ ގެއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ބަލަނީ

މާލޭ ގެއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މާލޭ ގެއެއްގައި ހުއްދަ ނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް މިއަދު ހެނދުނު 6:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ އެ ތަނުން ނެރެފައިވާ ކަމަށާއި، އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފުލުހުން އިތުރަށް ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް،…