މި ސަރުކާރުން ފެންނަނީ ޕްލޭނެއް ނެތި މަތިމައްޗަށް ވައުދުތައް ވަމުންދާ މަންޒަރު: ރައީސް ސޯލިހު

މި ސަރުކާރުގެ ފަރާތުން ފެންނަމުން ދަނީ އެއްވެސް ޕްލޭނެއް ނެތި މަތިމައްޗަށް ވައުދުތައް ވަމުންދާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. ހއ. ހޯރަފުށީގައި ރޭ ބޭއްވި "ހޯރަފުށި ދުވަސް" ފާހަގަކުރަން ބޭއްވި ޖަލްސާގައި ރޭ  ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މިހާތަނަށް އައިއިރު 15 ވަރަކަށް އެއާޕޯޓު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކަން ކުރަން ވާނީ ޕްލޭނަކާއެކު ފައިސާ ވެސް ހޯދައިގެން ކަމަށެވެ. "މިއިން އެއާޕޯޓެއް އަޅަން މަދުވެގެން…