ރާއްޖެއާ އެކު ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް ޕްލޭނެއް

ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ޑަބްލިއުއެޗްއޯ އިން ސްޓްރެޓިޖިކް ޕްލޭން އިފުތިތާހުކޮށްފި އެވެ. މި ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައި ވަނީ 2024-2029 އާ ދެމެދު ގުޅިގެންކުރާނެ މަސައްކަތްތަކުގެ މައްޗަށެވެ. ޕްލޭން އިފްތިތާހުކޮށް ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމާއި ޑަބްލިއުއެޗްއޯގެ ދެކެނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރު ސައިމާ ވަޒީދެވެ. ހެލްތު މިނިސްޓްރީން ބުނީ ޕްލޭން އެކުލަވައިލީ ވެސް ދެ ފަރާތް ގުޅިގެން ކަމަށެވެ. މި ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ ޢާންމު ޞިއްޙީ…