ދުއާއަކީ މާދަމާ ރައީސް ޔާމީން މިނިވަން ވުން: ރައީސް މުއިއްޒު

އެމަނިކުފާނުގެ ދުއާއަކީ މާދަމާ އޮންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފީ ޝަރީއަތުން އެމަނިކުފާނު މިނިވަންވުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ އޮތް ގައްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލީހުގައި ވާދަކުރައްވާ މުހައްމަދު އަލީގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޔާމިންގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެމަނިކުފާނުވެސް ގޮވާލައްވާފަ ވާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިކަމާއި އެކު ކުރިޔަށް ގެންދަން…