މުވާސަލާތް ކުރިއަރާފައިވާ މިޒަމާނުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރަންޖެހޭ: ރައީސް
މުވާސަލާތީގޮތުން ކުރިއަރާފައިވާ ދުނިޔޭގައި އަޅުގަނޑުމެން މަސައްްކަތް ކުރަންވާނީ އޭގެ ބޭނުން ހިފާ ދިވެހިރާއްޖެ އިޝްތިހާރުކޮށް މަގުބޫލުކަން އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ މުވާސަލާތާއި މައުލޫމާތު ދާއިރާގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް އިތުރަށް ވިދަޅުވީ ގައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް ވެސް އަޅުގަނޑުމެން މަސައްކަތްކުރަން ވާނެ ކަމަށެވެ. ދުވަހުގެ ތަހުނިޔާ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އަރުއްވަމުން ރައީސް ވިދާޅުވީ މި ދާއިރާގެ ހިދުމަތްތެރިންނަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށެެވެ.…