މިސްކިތުގެ ކަރަންޓް ޑޮމެސްޓިކް ރޭޓަށް ބަދަލުކުރުމުން ކައުންސިލްތައް ބާރުވެރިވާނެ: ސްޓެލްކޯ އެމްޑީ

މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ބަދަލުކުރުމުން ކައުންސިލްތައް ބާރުވެރިވެގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ. އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ، މުހައްމަދު މުއިއްޒު ރޭ ވަނީ ހާމަކުރައްވައިފަ އެވެ. އެ ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން…