މާވަށު ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރެވޭނެ: ރައީސް

ހައްދުންމަތީ މާވަށުގައި ޞިއްޙީ ދާއިރާ ތަރައްޤީކުރައްވާނީ، ރައްޔިތުން ބޭނުންވާގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތްދެވޭގޮތަށް އަމާޒުކުރައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމާކުރެއްވީ، އެމަނިކުފާނު ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް މިހާރަށް ވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ޞިއްޙީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު…