ވަގަށް ނަގާފައިވާ އިލެކްޓޯރިކް ސާމާނުތަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އިއްޔެ ހަވީރު 16:05 ހާއިރު މާލޭ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރި ދިވެހި ދެ ފިރިހެނުންގެ އަތުން ފެނިފައި ވަނީ އިލެކްޓްރޯނިކް ސާާމާނެވެ. އެ ދެ މީހުންނަކީ ބ. ދަރަވަންދޫ، ވިދުވަރު، ހުސެއިން ޝާއިފް، 32 އާއި މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް،…