އައްޑޫސިޓީ އާރަކިޅި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައްޑޫ ސިޓީ އާރިކިޅީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ، އާރިކިޅީގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:33 އެހާކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެމީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. "އެމީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައި،" ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ…