241 ކޮމިޓީއަށް ހަމަދު، މާލިއްޔަތު ކޮމިޓީއަށް ޒަމީރު ހަމަޖައްސައިފި

މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ބަދަލުގައި 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް މެންބަރުން ހަމަޖައްސައިފި އެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހަމަދު އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީއަށް މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަމީރު ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. ނާޒިމް…