ޖޭޕީގެ ކެންޕެއިން ލޯންޗިން މާދަމާރޭ
ޖުމްހޫރީ ޕާޓީން(ޖޭޕީ) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މާދަމާ ރޭ ލޯންޗުކުރުމަށް ނިންމައިފި އެވެ. ޖޭޕީން ބުނީ ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:45 ގައި އެ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ކަމަށެވެ. މި ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ކައުންސިލު އިންތިހާބުގައި މާމިގިނލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީން ވަނީ ނިންމައިފަ އެވެ.…
















