ޝަރުތުތަކަކާއެކު އީރާނުން ދެ ހަފްތާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފްތާއަށް މެދުކަނޑާލުމަށް ދެ ޤައުމުން ނިންމައިފިއެވެ. ޝަރުތުތަކަކާއެކު އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން ގަބޫލުކޮށް ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން އީރާނުން އެއްބަސްވިކަން ހާމަކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރާއެކު ބޭއްވުނު މުހިންމު މަޝްވަރާތަކެއްގެ ނަތީޖާ ކަމަށެވެ. ޓްރަމްޕްގެ އެ މެސެޖަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި…