ލުބުނާނާއި އިޒްރޭލުގެ ވަގުތީ ސުލްހައަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ލުބުނާނާއި އިޒްރޭލާ ދެމެދު ކުރަމުންދިޔަ ހަނގުރާމަ 10 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަން ކުޑަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ސުލްހައިގެ އެއްބަސްވުމަށް އައުމުގައި އެމެރިކާއިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން އެ…