މީގެ ތިން ދުވަސް ކުރިން މާލެއިން ގެއްލުނު ފިރިހެނަކު ހޯދަން ފަށައިފި
މާލޭގައި ދިރިއުޅޭ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުން ދަނީ ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު (37އ) އެވެ. ފުލުހުން ބުނީ އޭނާ މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:51 އިން ފެށިގެން އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރޭ 8:05 ހާއިރު ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތުދީފަ އެވެ.…