ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެެއްގައި ރޮކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަަށް މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލާފައިވަނީ ކުޅުދުއްފުށި ދެކުނަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ޕީއެންސީ…