އަންދާލާނެ ކަމަށް ބުނެ ޓީވީ ޗެނަލްތަކަށް އިންޒާރުދިން މައްސަލަ ބަލަން ފަށައިިފި

ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރުދީފައިވާ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. ހުޅުޖަހައި އަންދާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދީފައިވަނީ ރާއްޖެ ޓީވީއަށާއި ޗެނަލް 13 އަށެވެ. ފުލުހުން ބުނީ އެފަދަ މައްސަލަތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ތަޙުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ސައިބަރ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށް…