ފޭކް ސްލިޕެއް ފޮނުވައިގެން ވިޔަފާރި ކުރި މީހަކު ހައްޔަރަށް

ފޭކް ސްލިޕެއް ފޮނުވައިގެން ވިޔަފާރި ކުރި މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފިހާރައަކުން ހަތަރު ސިނގިރޭޓް ފޮށި ނެގުމަށްފަހު ފައިސާ ދެއްކިކަމުގެ ފޭކް ސްލިޕެއް ފިހާރައަށް ފޮނުވުމަށްފަހު އަނެއްކާވެސް ސިނގިރޭޓް ފޮއްޓެއް ގަންނަން އައުމުން އޭނާ ހިފަހައްޓާ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.…