މާލެގައި ހުންނަ އެމްބަސީތަކަށް ހާއްސަ ޕާކިން ޖާގަ ހަމަޖައްސައިފި

މާލެ ސިޓީ ކައުންސިލުން މާލެގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހާއްސަ ޕާކިން ޖާގަ ހަމަޖައްސައިފިއެވެ. ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ޕާކު ކުރާ ޖާގަ ދޫކުރާތަން ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. މިއީ އެ އެމްބަސީތަކުގައި މަަސައްކަތް ކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތް ހަމަޖެއްސުމަށް ކުރެވުނު ކަމެކެވެ. މިވަގުތު މާލޭގައި 11 އެމްބަސީ ހުންނަ އިރު، މީގެ ތެރޭގައި އޮސްޓްރެލިއާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާން، ޕާކިސްތާން،…