ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. ވަކި ވަކިން ބޭއްވި ރަސްމިއްޔާތުތަކެއްގައި މިއަދު ސޮއިކުރީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށެވެ. އެމްޓީސީސީއާ މިއަދު ހަވާލުކުރީ މި ފަސް ރަށުގައި އެއާޕޯޓް އެޅުމާއި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށެވެ. ގުރައިދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް…