ނާޒިމު ވަކިކުރުމާ ގުޅޭ ކޮމިޓީ ބައްދަލުވުން މިއަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ އާންމު ކޮމެޓީން މިއަދަށް ތާވަލުކޮށްފިއެވެ. މި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ ސީދާ ކޮން ސަބަބަކާ ގުޅިގެންކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރާ ދެކޮޅަށް ހިންގާ ބައެއް ކަންކަމުގެ އަޑީގައި ނާޒިމް ހުންނެވި ކަމަށް ތުހުމަތުކުރެވިގެން އޭނާ މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. މިއަދު ހަވީރު 4:00 ގައި ބާއްވާ ކޮމެޓީ ބައްދަލުވުމުގައި…