މިރޭ 12:00އިން ފެށިގެން ނޯތު ހާބަރު ސަރަހައްދު ބަންދު

މިރޭ 12:00އިން ފެށިގެން މާލޭ ބޮޑުތަކުރުފާނު މަގު، މަސްމާރުކޭޓް ސަރަހައްދު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި  ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތީ މިރޭގެ 12:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން، ބަންދު ކުރުމަށް ނިންމާފައިވަނީ މުޙައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު ގުޅޭ ސަރަހައްދުން ފެށިގެން އާބުރުޒު ހިގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބަށެވެ.…