ފޯކައިދޫ ޕޮލިސް އިންޗާޖުގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަނީ
ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަށް އަމާޒުކޮށް އޭނާގެ ސައިކަލުގައި ގަސްތުގައި ރޯކޮށްލި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ. މިދިޔަ ހޯމަ ދުވަހުގެރޭ 10:30 ހާއިރު ހިނގި މި ހާދިސާގައި، އިންޗާޖު ދިރިއުޅޭ ގޭގެ ކައިރީގައި ބަހައްޓާފައި ހުރި އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ. އަދި އަލިފާނުގެ ސަބަބުން އެ ގޭގެ ގޭޓަށާއި ގޭގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މިކަމާ ގުޅިގެން ފުލުހުން…
















