ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރަމް ފަށައިފި
ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "މޯލްޑިވްސް ސިންގަޕޯ ބިޒްނަސް ފޯރަމް" ސިންގަޕޫރުގައި މިއަދު ފަށައިފިއެވެ. މި ފޯރަމުގައި 200 އަށްވުރެގިނަ އިންވެސްޓަރުން ވަނީ ބައިވެރިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ފޯރަމްގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވަޑައިގަންނަވައެވެ. ސިންގަޕޫރުގައި ފަށާފައިވާ "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ…