ޒަކާތު ފަންޑު ބެލެހެއްޓުމަށް އެމްއެމްއޭ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޒަކާތު ފަންޑު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްއޭއާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު…