ރާއްޖެ އެތެރެކުރުން މަނާ ބޭހަކާއެކު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކެއް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ، ސާތީ، ހުސައިން ޝާނިމު (24އ) އެވެ. ފުލުހުން ބުނީ ޝާނިމް ހައްޔަރުކުރީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ޝާނިމްއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށް 338.51 ގްރާމްގެ…