މާލެ ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ އާބާތުރަ ފިލުވަން ފަށައިފި

މާލެ ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ އާބާތުރަ ފިލުވަން ފަށާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި މަރާމާތު ކުރަން ޖެހޭ ތަންތަން ދެނެގަނެ، އެ ތަންތަން މަރާމާތު ކުރުމަށް އަޅާނެ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް މި އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން، މައްޗަންގޯޅި ބުރު ޕާކުގައި ހުރި އައުޓްޑޯ ޖިމް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ކަމަށާއި ޖިމްގައި ބޭނުންކުރާ ގިނަ ސާމާނުތައް…