ރަމަޟާން މަހު ދެއްވާފައިވާ އެއް ކާމިޔާބީއަކީ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުސަތު ލިބުން: ޚުތުބާ

ރަމަޟާން މަހު ދެއްވާފައިވާ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއަކީ މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތު ލިބިގެން ދިޔުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ކާމިޔާބީތަކެއްގެ މައްސަރު” މިމަޢުޟޫއަށެވެ. ޚުޠުބާގައި ބުނެފައިވަނީ ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއްކަމަށާއި މިމަހު މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކާމިޔާބީތަކެއް ދެއްވާފައިވާކަމަށެވެ. އެގޮތުން އެއް ކާމިޔާބީ އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުޞަތު ކަމަށާއި، އެރޭގެ…