އަޤްޞާ މިސްކިތަށް ވަނުން ހަނިކުރާތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި
ރަމަޟާންމަހު އަޤްޞާ މިސްކިތަށް ދާ މީހުންނަށް މިސްކިތައް ނުވަދެވޭ ގޮތަށް މިސްކިތުގެ ދޮރުތައް ބަންދުކުރަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާކަމުގައިވާ އަޤްޞާ މިސްކިތައް ވަނުން ހަނިކުރުމަކީ، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިއީ އަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، ދީނީ މުހިންމުކަމަށް އުނިކަން ލިބޭގޮތަށް ގަސްތުގައި ހިންގާ…

















