ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ އަންގާރަ ދުވަހުގެ ރޭ
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިދިޔަ މަހުގެ 17…

















