ރާއްޖެއިން ބޫޓާނަށް ކަނޑައެޅި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު، ޝިއުނީން ރަޝީދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކްއަށް މިއަދު އަރުވައިފިއެވެ. މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބޫޓާންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި…