ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ހައްޔަރު ކޮށްފި އެވެ. ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ފުލުހުން ބުނީ ޝަމްއާން ހައްޔަރު ކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ޝަމްއާންއަށް ވެސް އޮތީ ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތެވެ. ޝަމްއާން ހައްޔަރު ކޮށްފައި މިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާ ބިދޭސީންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒިފުން މަސައްކަތް ފައިސާ…