ބިންހެލުމުގެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ކުރި، ނުރައްކަލެއް ނެތް: މެޓް އޮފީސް

އިންޑިއާގެ ނިކޯބާ އައިލެންޑްސް ކައިރިއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ. މެޓް އޮފީހުން ބުނީ ރާއްޖޭ ގަޑިން ރޭ 11:41 ގައި އައި ބިންހެލުމަށް ފަހު މާލެ އާއި ހުޅުމާލެއަށް ވެސް ލޮޅުމެއްގެ އަސަރުކުރި ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. މެޓް އޮފީހުން ބުނީ އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ ސަބަބުން…