އެލްޖީއޭގެ ބޯޑަށް ށ. އަތޮޅުގެ ރައީސް އިންތިހާބުވެއްޖެ

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ށ. އަތޮޅުގެ ރައީސް މުހައްމަދު ޝިޔާމް އިންތިހާބުވެވަޑައިގެންފި އެވެ. އޭނާ އެލްޖީއޭގެ ބޯޑުގެ ގޮނޑި ކާމިޔާބު ކުރެއްވީ މިދިޔަ ބުދަ ދުވަހު ބޭއްވި އިންތިހާބުގައި 9 ވޯޓު ހޯއްދަވައިގެންނެވެ. އެލްޖީއޭގެ ބޯޑުގައި ކައުންސިލްތައް ތަމްސީލްކުރައްވާ 3 މެންބަރުން ތިއްބަވައެވެ. އެއީ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ ތިން މެންބަރުންނެވެ. ޝިޔާމް އިންތިހާބުވީ، އަތޮޅު ކައުންސިލްތަކުގެ ފަރާތުން އިންނަވާ މެމްބަރުގެ މަގާމަށެވެ. އޭނާގެ…