ޕީއެންސީ ޕްރައިމަރީ: ޕާޓީގެ ޓިކެޓުގައި ވާދަކުރާ ނަންތައް އާންމުކޮށްފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކޮށްފި ކޮށްފި އެވެ. ޕީއެންސީން ނެރުނު އިއުލާނެއްގައިވާ ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފައިވާ ކަމަށެއެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 298 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 180 ކެންޑިޑޭޓުން ވާދަކުރާ…

















