ގެގް އޯޑަރ ބާތިލްކުރަން ފިޔާޒްގެ ފަރާތުން އަލުން ހައިކޯޓަށް
ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރު" ބާތިލުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން، "އަދަދު" ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އެ މައްސަލަ އަލުން އެ ކޯޓަށް ހުށަހަޅައިފި އެވެ. މި އަމުރަކީ، އަދަދު ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓަރީއަކާ ގުޅިގެން ފިޔާޒާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު…

















