މިއީ ރާއްޖޭގެ ޑިމޮކްރެސީއާ އިސްލާހީ މަސައްކަތަށް ލިބުނު މޮޅެއް: ނަޝީދު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ލިބުނު މޮޅަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު މޮޅެއް ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއާ ވާދަކޮށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރެސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށެވެ. އަދި އެމަނިކުފާނާ ވާދަކުރެއްވި މީކާއިލަށް ވެސް…

















