ޚާލިދާ ޒިޔާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ އެވެ. ހާލިދާ ޒިއާގެ ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުފުޅުން 80 އަހަރުގެ ހާލިދާ ޒިޔާ، ރޭގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ. ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ފުއްޕާމޭގެ އިންފެކްޝަންގެ އަލާމާތްތަކެއް ހުރެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ. ޚާލިދާ ޒިއާ ވަނީ ތިން ފަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ…