ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ ދެކޮޅު ހެދުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރޭ ގަރާރެއް ފާސްކޮށްފިއެވެ. މި ގަރާރު ފާސްކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ. އަދި…