ރާއްޖެއާއި ސައުދީގެ އިސްލާމިކް މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށްފި

ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެގައުމުން ވަޑައިގެންނެވި ވަފުދާ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އާ ބައްދަލުކޮށްފި އެވެ. މިބައްދަލުކުރެއްވުމުގައި ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަޑައިގެންނެވި ވަފުދަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއި މަޝްރޫޢުތަކާއި އަދި ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ޑރ.ޝަހީމް ވިދާޅުވީ…