އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިން ލޯންޗު ކޮށްފި
އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ލޯންޗު ކޮށްފި އެވެ. ރޭ "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ބޭއްވި ކެންޕެއިން ލޯންޗިންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވި އެވެ. މި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ކައުންސިލު އިންތިޚާބު މި ސަރުކާރަށް ދީފިނަމަ ކައުންސިލުތައް އުވާލާނެ ކަމަށެވެ. މިއީ ރައްޔިތުން އިންތިޚާބެއްގައި ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެ ކަމަށާއި މި ސަރުކާރުން ރައްޔިތުންގެ އަޑެއް ނާހާނެ ކަމަށެވެ.…
















