ސްޓެލްކޯ ގެ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ކޯސް 116 އަންހެނުން ފުރިހަމަކޮށްފި
ސްޓެލްކޯ އިން ހިންގި ''ބިގިނަރސް އިލްކްޓްރީޝަން ކޯސް ފޯރ ވިމެން'' ގެ ނަމުގައި ހިންގި ކޯސް 116 އަންހެނުން ފުރިހަމަކޮށްފިއެވެ. މި ކޯސްފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މިރަސްމިއްޔާތުގައި މިއަދު ވަނީ 81 ބައިވެރިޔަކު ސެޓްފިކެޓް ހޯސިލްކޮށްފައެވެ. ސްޓެލްކޯއިން ބުނީ 7 ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ކޯސް ޖުމުލަ 116 ބައިވެރިން ފުރިހަމަކޮށްފައިވާ ކަމަށެވެ. މި ކޯހުގައި ކިޔަވައިދެއްވީ ސްޓެލްކޯގެ…








