ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވަން ނިންމައިފިއެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ބޭއްވުނު އޭވިއޭޝަން ފޯރަމްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވި ގޮތުގައި އާ ޓާމިނަލްއާ އެކު ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެއެވެ. މީގެ ތެރޭގައި އާ ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހިމެނެއެވެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމެއްވެސް…









