ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ
ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފިއެވެ. މިއީ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ. ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ދައުލަތުން ކޮށްފައިވާ މި ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ހެދުނު 9:00 އަށެވެ. ދައުލަތުން ކޮށްފައިވާ ދައުވާއަކީ ރ.ފުއްގިރި ވިއްކައިގެން ލިބުނު ކަމަށް ބެލެވޭ މިލިއަނަކަށްވުރެ ގިނަ ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެކެވެ.…