ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުން މާދަމާ ބާއްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުން މާދަމާ ބާއްވަން ގޮތަށް ތާވަލްކޮށްފިއެވެ. ދައުވާއަށް ޖަވާބުދާރީވުމަށް މާދަމާ ކްރިމިނަލްކޯޓުގައި ބާއްވާ އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 9:00 އިރަށެވެ. މި ދައުވާއަކީ ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް…