ހިޔާ ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވެއްޖެ
ހިޔާ ފުލެޓުގެ ޓަވަރަކުން ކުއްޖަކު ވެއްޓި ނިޔާވެއްޖެ އެވެ. ފުލުހުން ބުނީ ނިޔާވެފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ވެއްޓިފައިވަނީ ހިޔާ ފްލެޓު ޓަވަރު 5 އިން މިރޭ 1:26 ހާއިރު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.