ސަފާރީ ރޯވުން: ދުމުގެ އަސަރުކޮށްގެން ދެ މީހަކަށް ފަރުވާދެނީ
ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް "އެމްޕެރޯ އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ހަވީރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދު އެކީހެން އަނދައި، ދުމުގެ އަސަރުކޮށްގެން ދެ މީހަަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އެމްއެންޑީއެފުން ބުނީ ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރާ އެކްސްޕްލޯރާ" ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގައި އެ އުޅަނދުގައި…









