ލީކުވި އޯޑިއޯތަކުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ފާސްކޮށްފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުއެވެ. މިމައްސަލަ ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓުދިނެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ބެންޗްގައި ތިއްބެވި ތިން ފަނޑިޔާރުން ކަމަށް ބެލެވޭ ބަޔަކުގެ އޯޑިއޯތަކެއް ލީކުވުމުން އެ…