ކާށިދޫގެ އަލިފާނުގެ ހާދިސާގައި ތިން ދޯންޏެއް އަނދާ ހުލިވެފައި
ރޭ ކާށިދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި ވަނީ މި ހާދިސާގައި އެއްކޮށް އަނދާ ހުލިވެފައިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. ކ.ކާށިދޫ އެއްގަމަށް އެހެލާފައި އޮތް ދޯނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައި ވެއެވެ. ތިން ދޯނީގައި އަލިފާން ރޯވެފައި ހުއްޓާ ފެނުނީ ރޭ މެންދަމު 12:30 ހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް…