ޖުލައި މަހު ސަރުކާރުގެ ޓެކްސީގެ ޚިދުމަތް ފަށަނީ
މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޓެކްސީ ގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު އެމްޓީސީސީން އިއުލާންކޮށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް ތަޢާރަފުވެގެންދާނެ ކަމަށް،" މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވިއެވެ. މިނިސްޓަރ…